އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގެ ވޯޓުލުން ކުރިއަށް

އެމްޑީޕީއަށް ރައީސަކާއި ނާއިބު ރައީސެއް ހޮވުމުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް އެބަދެއެވެ.

މިހާތަނަށް ވަނީ ވަރަށްގިނަ މީހުން ވޯޓުލައިފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދާއި، އެމްޑީޕީގައި އެންމެ ފަހުން ހުންނެވި ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އެޕާޓީގެ ޗެއާޕާސަން ޙަސަލް ލަތީފާއި އަދިވެސް ޕާޓީގެ އިސްފަރާތްތައް ހިމެނެއެވެ.

މި އިންތިޚާބުގެ ވޯޓުލުން މާލެއާއި އަތޮޅުތަކުގައި ވެސް ކުރިއަށް އެބަދެއެވެ. އެޕާޓީއަށް ނިސްބަތްވާ ޖުމްލަ 87،439 މީހުން އެބަތިއްބެވެ. އެ އެންމެނަކީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންނެވެ.

މިއިންތިޚާބުގައި އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަނީ އެންމެފަހުން ވެސް އެމަޤާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދެވެ. ނާއިބު ރައީސް ކަމަށް ވާދަކުރައްވަނީ ކުރިން އެމަގާމުގައި ހުންނެވި މުޙައްމަދު ޝިފާޒާއި، މަޖިލިސް މެމްބަރު މުޙައްމަދު އަސްލަމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.