އެމްޑީޕީގެ ސަޕޯޓަރުން އިބޫއަށް ހޫނު މަރުހަބާއެއް ކިޔައިފި

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލީ މިއަދު ހަވީރު އައްޑުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމަށް އައްޑޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެމަނިކުފާނު މިއަދު ހަވީރު ގަންއިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އައްޑޫސިޓީގެ މޭޔާރު އަބްދުﷲ ސާދިގާއި ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފުގެ އިތުރަށް ކައުންސިލްގެ އެހެން މެންބަރުން ވަނީ އެމަނިކުފާނާއި ޓީމަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އޭގެ އިތުރަށް އާންމުގެ ތެރެއިންވެސް ގުޅިފައިވާޕާޓީތަކަށް ތާއިދު ކުރާ ގިނަބަޔަކު ވަނީ އިބޫއަށް މަރުހަބާ ދަންނަވައިފައެވެ.

އައްޑޫއިން އެމަނިކުފާނަށް ދެންނެވި ހޫނުމަރުހަބާއަށްޓައި އިބޫވަނީ ސަޕޯޓަރުންނަށް ޝުކުރު ދަންނަވައިފައެވެ. އިބޫ ވިދާޅުވީ އައްޑުއަކީ ރާއްޖޭގެ އެންމެ މުހިންމު އެއް އަތޮޅު ކަމަށެވެ. އެހެންކަމުން އައްޑޫއަށް އިހުމާލުވެފައި އޮތްއޮތުން ދޫކޮށް އައްޑޫ ތަރައްގީ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ނަޝދުގެ ސަރުކާރުން ފިޔަވައި އހެން ސަރުކާރުތަކުން ވަނީ ތަރައްގީގައި އައްޑޫ އެކަހެރިކޮށް އިހުމާލުވެފައި ކަމަށެވެ. އެއީ އެކަންވެގެންދާންޖެހޭނެ ގޮތް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އައްޑޫއަށް މިއަދު ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ ފުރައިވަޑައިގަންނަވާނީ އާދީއްތަ ދުވަހުއެވެ.

އެމްޑީޕީގެ ސަޕޯޓަރުން އިބޫއަށް ހޫނު މަރުހަބާއެއް ކިޔައިފި އާދީއްތަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.