އެމްޑީޕީ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި

ނިމިދިޔަ ރައްޔިތުންގެ މަޖިލީގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި 85 ކެންޑިޑޭޓުންވަނީ ސުންގަޑީގެ ކުރިން އިލެކްޝަނަށް މާލީ ބަޔާން ހުށަހަޅާފައި ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ފަރާތުން މިކަން ހާމަކުރެއްވީ އެޕާޓީގެ ސެކްރެޓަރީޖެނެރަލް އަނަސް ޢަބްދުއްސައްތާރު ކުރައްވާފައިވާ ޓްވީޓެއްގައެވެ. "ނިމިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި 85 ކެންޑިޑޭޓުން ވަނީ ސުންގަޑީގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށަހަޅާފައި،" އޭނާގ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އިންތިޚާބުގައި ވާދަކުރެއްވި އެންމެހާ ކެންޑިޑޭޓުން ބަލިވި ކެންޑިޑޭޓުންނާއި ކާމިޔާބުވި ކެންޑިޑޭޓުން ވެސް އެމީހުންގެ މާލީ ބަޔާންތައް ކަނޑައެޅިފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަކީ ޤާނޫނީ ޒިންމާއެކެވެ. އެޒިންމާ އަދާކުރުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ތަކުރާރުކޮށް ކެންޑިޑޭޓުންނަށް ހަނދާންކޮށްދެއްވައިފިއެވެ. ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން އޮންނަނީ އިންތިޚާބަށްފަހު 30 ދުވަހުގެ މުއްދަތެކެވެ.

މާލީބަޔާނަކީ އިންތިޚާބަށް ޚަރަދުކުރި ގޮތް ހާމަކޮށްދީ އިލެކްޝަނަށް ހުށަހަޅަންޖެހޭ ބަޔާނެކެވެ. އޭގެ ތެރޭގައި ފައިސާ ހޯދިގޮތާއި ކެންޑިޑޭތަށް ތާއިދު ހޯދުމަށް ކުރި ޚަރަދާއި މިހެން ހުރިހާ ޚަރަދެއްގެ ތަފްސީލް އެރިޕޯޓުގައި ހުންނަން ޖެހެއެވެ.

އެބާނަނަކީ ޞައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށް ފައިސާ ޚަރަދުކުރިކަން އަންގައިދޭ ރަސީދުތައް ވެސް ހުށަހަޅަންޖެހެއެވެ. އަދި އެމީހަކަށް ފައިސާދިނީ ކާކުތޯއާއިން ދިންމިންވަރުވެސް އޭގައި ހިމަނަންޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.