ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާބެހޭ ރިޕޯޓުގެ ޚުލާސާ މިއަދު މަޖިލީހަށް އިއްވަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިނީ ޢިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެމްބަރ ޑރ. އަފްރާޝީމް ޢަލީ އަވަރާކޮށްލި ގޮތާބެހޭ ރިޕޯރޓްގެ ޚުލާސާ ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްވާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

މަރާލައިފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުން އެކުލާލެއްވި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ މުއައްސަސާތަކާ ޙިއްސާކުރައްވައިފައެވެ. ރިޕޯޓު ޙިއްސާކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއި އެޓާނީޖެނެރަލް (އޭޖީ)އާއި ކައުންޓަރ ޓެރަރިޒަމް ޔުނިޓާއި ފުލުހުންގެ އިދާރާއާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ އެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤްކޮށް ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި އަފްރަޝީމްގެ މަރާ، ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މަރުގެ ފަހަތުގައި ވަނީ ޑރ. އަފްރަޝީމްގެ ވިސްނުންފުޅާ ވަރަށް ދެކޮޅު، ދީނީ ހަރުކަށި މީހުން ކަމަށް ރިޕޯޓުގައި ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިރިޕޯ ރިޕޯޓު ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވައިފައިވަނިކޮށް ލީކުވި މައްސަލަ މަރުތައް ތަޙްޤީޤް ކުރާ ކޮމިޝަނުން ބަލަން ފަށައިފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.  ކަމާބެހޭ މުއައްސާތަކާއި އެ ކޮމިޝަންގެ ރިޕޯޓު ހިއްސާކުރި ދުވަހު ވަނީ އެ ރިޕޯޓުގައި ހިމެނޭ މުހިންމު ބައެއް މައުލޫމާތުތައް ބައެއް މިޑިއާތަކުން އާއްމުކޮށްފައެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤްކޮށް ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ބަލައި ނުގަންނަ ކަމަށް ޑރ. އަފްރާޝީމްގެ އާޢިލާއިން ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.