ޤުރުއާން ހިތުދަސްކުރެއްވި ބޭފުޅުންނަށް އެވޯޑު ދެއްވައިފި

ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައިވާ 16 ބޭފުޅަކަށް މެޑައްޔާއި ހަނދާނީ ލިޔުން މިރޭ ދެއްވައިފިއެވެ.

މި ބޭފުޅުންނަށް މެޑައްޔާއި ހަނދާނީ ލިޔުން ދެއްވީ ޖުމްހޫރީ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ޤުރުއާން ހިތު ދަސްކުރައްވައިގެން ހާފިޒު ކަމުގެ މަތިވެރި ލަޤަބު މިރޭ ހޯއްދެވި ބޭފުޅުންގެ ތެރޭގައި ވަރަށް ޅަކުދިން ވެސް ހިމެނިފައިވެއެވެ. އެއިން ދައްކުވައިދެނި ރާއްޖޭގައި ޤުރުއާނަށް ދެމުން ގެންދާ ސަމާލުކަމެވެ.

މެޑައްޔާއި ހަނދާނީ ލިޔުން ހާސިލް ކުރެއްވި ބޭފުޅުން:

1.  އަލްޙާފިޡާ އާސިޔަތު އާދަމް ފެހިގެ ގއ. މާމެންދޫ
2. އަލްޙާފިޡް ޙަސަން އާހިލް އިރުދޭމާގެ ތ. ގުރައިދޫ
3. އަލްޙާފިޡާ ޒޫނާ އިސްމާޢީލް ގަސްކަރަ ކ. ގުޅި
4. އަލްޙާފިޡް ޢަބްދުﷲ އަލްޔަސަޢަ ބިން ޒަމްޒަމް މއ. ރިހިރާޅު
5. އަލްޙާފިޡް ސިބްޣަތުﷲ އަޙްމަދު ރަޝީދާ މަންޒިލް ފ. ނިލަންދޫ
6. އަލްޙާފިޡް މުޙައްމަދު ރަފާޙު އަޙްމަދު މ. ބަބުކެޔޮގަސްދޮށުގެ
7. އަލްޙާފިޡާ މާޒިނާ ޢަބްދުއްރަޙީމް ކިނާރާ ނ. ލަންދޫ
8. އަލްޙާފިޡާ މަރްޔަމް މިކްޔާސް ސަލްމާން އަޅިފަށުވިގެ ގއ. ގެމަނަފުށި
9. އަލްޙާފިޡް އަޙްމަދު ނާޒިލް މުޙައްމަދު ހުވަނދުމާގެ ޅ. ނައިފަރު
10. އަލްޙާފިޡާ އުރްޖުވާން މުޙައްމަދު މ. މެޑެލްމާގެ
11. އަލްޙާފިޡް މުޙައްމަދު ޒާއިން އަޝްރަފް އާބަހާރުގެ ކ. ކާށިދޫ
12. އަލްޙާފިޡާ މާއިޝާ ޢަބްދުއްރަޙީމް ކިނާރާ ނ. ލަންދޫ
13. އަލްޙާފިޡާ ފާޠިމަތު ޝާޔާ ޒާހިރު މއ. އަސާސް
14. އަލްޙާފިޡާ ފާޠިމަތު ޝުޢާޢު ޝާހު ދަފްތަރު ނަންބަރު: ދރ 1519
15. އަލްޙާފިޡާ މަރްޔަމް ޙުސައިން ޝެމްރޮކް ސ. ހިތަދޫ
16. އަލްޙާފިޡް މޫސާ މާއިޝް މާޖިދު މ. ޝޭޑީރެސްޓް ދެކުނުބައި

ޤުރުއާންހިތު ދަސްކުރެއްވި ބޭފުޅުންގެ އިތުރަށް މިރޭގެ ޖަލްސާގައި ރައީސް ވަނީ 2018 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނުންނާއި ސާނަވީ އިމްތިހާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް މެޑެއްޔާއި، ހަނދާނީ ލިޔުން ދެއްވައިފައެވެ. އޭގެ އިތުރުން، ހަނދާނީ ފިލާ ލިބޭ ސްކައުޓުންނާއި، ޕްރެޒިޑެންޝަލް ސްކައުޓް ބެޖާއި، ބޭޑަން ޕަވަލް ބެޖް ހާޞިލްކުރި ސްކައުޓުންނަށް މެޑެއްޔާއި، ހަނދާނީ ލިޔުންވެސް މިރޭ ދެއްވިއެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅުންނަށާއި،ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވި ބޭފުޅުންނަށް ވެސް މެޑެއްޔާއި، ހަނދާނީ ލިޔުން ދެއްވިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެލް ހޯދި ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމަށާއި، މިދިޔައަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް މެޑެއްޔާއި، ހަނދާނީ ލިޔުން ދެއްވުން ވެސް ރައީސް މިރޭ ދެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.