އިނާމަށް ކުރިމަތި ލުމުގެ ފުރުސަތު މަސައްކަތްތެރި ޒުވާނުންނަށް ވެސް ހުޅުވާލަނީ

ރާއްޖޭގެ ހުނަރުވެރި މަސައްކަތްތެރިން ޒުވާނުންގެ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންނަ އަހަރު ޚާއްސަ އިނާމަށް އެމީހުންނަށް ކުރިމަތިލެވޭ ގޮތަށް އަންނަ އަހަރު ފުރުސަތު ހުޅުވައިލުމަށް ޚާއްސަ އިނާމާބެހޭ ކޮމިޓީއަށް މިހާރު ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި ތިބި ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން، ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ، އަދި ކުރަމުން އަންނަ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިއްމު ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ ޒުވާނުންގެ މަސައްކަތުގެ އަގު ވަޒަންކުރެވޭނެ ގޮތަކާ ދޭތެރޭގައި ވިސްނާވަޑައިގެން، އެފަދަ ޒުވާނުންނަށްވެސް އިނާމަށް ކުރިމަތިލެވޭނެ ގޮތަށް އަންނަ އަހަރު ފުރުސަތު ހުޅުވާލުމަށް ޚާއްސަ އިނާމާ ބެހޭކޮމޮޓީއަށް ދަންނަވައިފައިވާ ކަމަށެވެ.   "މި އަންނަ އަހަރު އެ ފުރުޞަތު ހުޅުވައިލުމަށް، ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މެންބަރުންނަށް އަޅުގަނޑު މިހާރުވާނީ ދަންނަވާފައި،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.