ރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުމުގެ މޭސްތިރިއަކީ ރައީސް މައުމޫން: ޑރ. ޒަކަރިއްޔާ

ރާއްޖޭގައި އިސްލާމީ ތަޢުލީމް ފެތުރުމުގެ މޭސްތިރިއަކީ 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމު ކަމަށް އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ޑރ. ޒަކަރިއްޔާ މިހެން ވިދާޅުވީ  އިސްލާމީ ޔުނިވަރސިޓީން ރޭ ބޭއްވެވި ކީރިތި ޤުރްއާނާބެހޭ މަޙްފިލްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީގެ ބާނީއަކީ ވެސް ރައީސް މައުމޫން ކަމަށެވެ. އެޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޒަކަރިއްޔާ ވަނީ ރާއްޖޭގައި އިސްލާމީ ތަޢުލީމު ފުޅާ ކުރެއްވުމަށް ރައީސް މައުމޫމް ކޮށްދެއްވައިފައިވާ އަގުހުރި ބައެއް ޚިދުމަތްތައް ފާހަގަ ކުރައްވައިފައެވެ.

ރޭ ބޭއްވި ޖަލްސާ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ރައީސް މައުމޫނެވެ. މިޞްރުގެ މަޝްހޫރު ޤާރީ ޑރ. އަޙްމަދު ނުޢައިނަޢު ވަމީ މިޖަލްސާގައި ޤުރުއާން ކިޔަވައި ވިދާޅުވެފައެވެ. ޤުރްއާން ކިޔެވުމުގެ ފަންނާ ބެހޭގޮތުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ޖަލްސާގެ ބައިވެރިންނާ އޭނާ ރޭ ޙިއްސާ ކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Zakariyyaa vidhaalhuviyas thikamaa ebbaheh nuveveyne.muamoon kommeves vareh nukuravvaekey noon.ekamaku dhannavanthoa.alhugan'dhumen varah ran'galhah han'dhuma ebahuri Maumoon verikamuge furathama atholhuthereah ziyaaraiy kurevvi iru anhenverin hurimeehun athun
    burugaa hoadhaigen Maumoon ge isthigbaalah dhiya han'dhaan.keevvethoa.dheenee ilmuge beyfulhekkan emeehun gaboolu kureetheeve.

    Edhuvahu Maumoon aiypulhuga fihi..beynun velevvi komme kulaeh jesseveyne.
    Rayyuthunge thaaeedhu 100%.

    Ekani mivarunves fudheyne.
    ?"Mee "lakka vaahaka

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.