ދިވެހީން އެހެން ޤައުމުތަކަށް ގޮސް ހަނގުރާމަކުރުމީ ޖިހާދެއްނޫން: ރައީސް މައުމޫން

ދިވެހީން އެހެން ޤައުތަކަށް ގޮސްކުރަމުންދާ ހަނގުރާމައަކީ ޖިހާދެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ފައުންޑޭޝަނުން ރޭ ބޭއްވި އިޙްޔާ ޖަލްސާގައި ވާހަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެކަން ޖިހާދަކަށް ނުވަނީ އެއީ އިސްލާމްދީނުގައި ޖިހާދުކުރުން އޮންނަ ދާއިރާއިން ބޭރުކަމެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާމް ދީނުގައި ޖިހާދު ކުރުން އޮންނަ ގޮތަށް ކުރާއިރުވެސް ހިހަފަހައްޓަން ޖެހޭ އުސޫލު ތަކާއި މާތްސިފަތަކެއް ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ނުމެރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އިސްލާމް އަދި ޖިހާދު" ގެ މަޢުޟޫއަށް ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޖިހާދުކުރުމަކީ އެބައެއްގެ ވަޒަނުގައި ތިބެގެން ޤައުމާއި އިސްލާމްދީނުގެ ޙައްޤުގައި ކުރާ ހަނގުރާމަ ނުވަތަ ޖިހާދެއް ކަމަށެވެ. "އިސްލާމްދީނުގައި ދިފާޢުގައި ޖިހާދުކުރުން ވާޖިބު ވަނީ ޢަދުއްވުންގެ ބަޔަކު، މުސްލިމް ޤައުމަކަށް އަރައިގަނެ މުސްލިމުންނާ ހަނގުރާމަކޮށް އެ މީހުން ނިކަމެތިކުރަން މަސައްކަތްކުރާ ހާލަތުގައި،" މައުމޫން ވިދާޅުވިއެވ.
މައުމޫން ވިދާޅުވީ އެބައެއްގެ ޤައުމުގައި އަމާންކަންމަތީ ތިއްބައި ބަޔަކު އައިސް ޙަމަލީދީ ވަޒަނުންނެރެން މަސައްކަތް ކުރަން ފަށައިފިނަމަ އެހިސާނުން އެޖެހުނީ ޖިހާދުކުރުމުގެ ވަޤުތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.