ފަޒުލް އާއި ޙުސެންގެ ނަންވެސް އިއްވައިފި

ތަކުރާރުކޮށް މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވާތީ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙަންމަދު ލަތީފް މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް މަޖިލީހުގެ ރިޔާސަތުން ނަން އިއްވައިފިއެވެ.

މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު، މި ދެމެމްބަރުން ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އެދި ނަން އިއްވީ މަޖިލީހުގެ ބަހުސްގައި މެމްބަރުން ވާހަކަފުޅު ދައްކަވަމުން ދިޔައިރު ތަޅުމުގައި ތަކުރާރުކޮށް އަޑުގަދަ ކުރައްވާތީ، އެކަން އެގޮތަށް ނުކުރެއްވުމަށް އެދި ވަރަށްގިނަ ފަހަރު ނަސޭހަތް ދެއްވުމަށް ފަހުވެސް އެ ދެމެމްބަރުން އަޑުގަދަ ކުރެއްވުން ހުއްޓާ ނުލެއްވުމުންނެވެ.

ފަޒުލް އާއި ޙުސެންގެ ނަން އިއްވުމުގެ ކުރިން ވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިގްވެސް ތަކުރާރުކޮށް ތަޅުމުގައި އަޑުގަދަ ކުރައްވާތީ ނަން އިއްވައި މަޖިލީހުން ނެރުއްވާފައެވެ. މިއީ 19 ވަނަ ރައްޔިތުންގެ  މަޖިލީހުގައި މަޖިލީހުގެ މެމްބަރުންތަކެއް ނަން އިއްވައި ބޭރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.