ފީނާމީހުން ޑީކޯވުމުން އަވަސް ފަރުވާ ދެވެންނެތްމައްސަލައިގައި މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި

ފީނާމީހުން ޑީކޯވުމުން އަވަސް ފަރުވާ ދެވެންނެތްމައްސަލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބަހުސް ކުރައްވައިފިއެވެ. ބަހުސް ގައި ބައިވެރިވަޑައިގެންނެވި މެމްބަރުން ވަނީ މިމައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މަޖިލީހުގައި މިމައްސަލައާބެހޭގޮތުން މެމްބަރުން ބަހުސް ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ކުށަހެޅުއްވި ކުއްލި މައްސަލައިގައެވެ.

މެމްބަރ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބޮޑަށް ފާހަގަ ކުރައްވައިފައި ވަނީ އެން ހިފުމަށް ފީނާ މަސްވެރިން ޑީކޯވުމުން އެމީހުންނަށް އަވަސް ފަރުވާ ދެވެން ނެތުމުގެ މައްސަލައަށެވެ. ޖާބިރުގެ ކުއްލި މައްސަލައިގައި ފާހަގަގަކޮށްފައިވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަކީ މިހާރު ވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ބަޔަކަށް ވާއިރު، މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަސްދޯނި ފަހަރަށް ބޭނުންވާ މިންވަރާއި ގާތަށް ވެސް ރާއްޖެއިން އެން ނުލިބޭތީ ޑައިވް ކޮށްގެން އެން ހިފުމަށް ދިވެހި މަސްވެރިންނަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި އެގޮތުން އެން ހިފުމަށް ޑައިވް ކުރާ ފަރާތްތައް ޑީކޯ ވުމަކީ މިހާރު އާންމުކޮށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި މައްސަލައަކަށް ވާއިރު، ޑީކޯވާ ފަރާތްތަކަށް ދޭން ޖެހޭ އަވަސް ފަރުވާ ދެވޭނެ އެއްވެސް ވަސީލަތެއް މަސްވެރި އަތޮޅުތަކުގައި ގާއިމުވެފައިނެތްކަމަށެވެ. އެހެންކަމުން ދިވެހި އެތައް މަސްވެރިންގެ ފުރާނަ ގެއްލި އަދި އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ވެއްޓިފައިވާ ކަމަށެވެ.

ޖާބިރުގެ ކުއްލި މަސަލައިގައި ފާހަގަ ކޮށްފައިވާގޮތުގައު އިއްޔެވެސް ޑީކޯވި މީހަކަށް ދޭންޖެހޭ އަވަސް ފަރުވާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ނެތުމުގެ ސަބަބުން އެމީހާގެ ހަށިގަނޑުގެ އެއްފަޅިން ވާގިނެތިފައިވާ ކަމަށެވެ. މިއީ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ނޭޅުމުން ދިމާވާ މައްސަލަކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން މި މައްސަލައިގެ ސީރިއަސް ކަމާމެދު މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނަންޖެހޭ ކަމަށް ޖާބިރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ފެށްޓެވީ 43 މެމްބަރުންގެ އަޣްލަބިއްޔަތުން ބިލް ބަލައިގަތުމަށް ފާސްކުރުމަށްފަހުއެވެ. ޖާބިރު ވަނީ ބިލް ބަލައިގަތުމުން މެމްބަރުންނަށް ޝުކުރު އަދާ ކުރައްވައިފއެވެ. ޖާބިރަކީ 19 ވަނަ މަޖިލީހަށް އެންމެ ގިނައިން މައްސަލަތަކާއި ޤަރާރުތައް ހުށަހަޅުއްވާ މެމްބަރެވެ. ނަމަވެސް އޭނާ ހުށަހަޅުއްވާ ގިނަ ޤަރާރުތަކާއި މައްސަލަތައް މަޖިލީހުން ފާސްނުކޮށް ތަޅުމުން ބޭރުކޮށްލަނީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.