އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރަނީ

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލިސް (ލޮކްސަބާ) އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި މި އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖައްސައިފައި ވަނީ މިމަހު ނުވަޔަކުން 13 ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިޔާ އަށް ކުރައްވާ ދަތުރުފުޅުގައެވެ.

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ވެވޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންނާ ގުޅޭ މައްސަލަ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ހުށަހަޅުއްވައިފައެވެ.

މި އެމްޔޫގައި މައިގަނޑުގޮތެއްގައި ވަނީ ދެފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހި ކުރުމަށް ބާރު އެޅުމާއި ޒާމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ކުރިއެރުވުމަށްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. މަޖިލީހާއި މަޖިލީހުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ތަމްރީނުތަކަށް ބޭނުންވާ އޮނިގަނޑެއް އެކުލަވާލުން ވެސް މިއެއްބަސް ވުމުގައި ހިމެނޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ބަރުލަމާނީ ކަންކަމުގައި ބައިނަލްއަޤްވާމީ ގޮތުން އެއްބާރުލުން ދިނުމާއި މަޢުލޫމާތު ބަދަލުކުރުން ވެސް މިއެއްބަސް ވުމުގައި ހިމެނޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެމްއޯޔޫ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ އާއްމުކޮމެޓީއަށް އެ އެމްއޯޔޫ ފޮނުވައި އެ އެއްބަސް ވުން ވަނީ ދިވެހި ބަހަށް ތަރުޖަމާ ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.