މި އަހަރުގެ ތިންވަނަ ކުއާޓަރގެ ސާފު ފައިދާ 25 އިންސައްތަ އިތުރުވެފައިވާ ކަމަށް އެސްޓީއޯގެ މާލީ ރިޕޯޓުގައި ބުނެފިއެވެ. އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ކުއާޓަރގައި އެސްޓީއޯއިން ވަނީ ކުންފުނީގެ ހިންގުމުގެ ޚަރަދު 12 މިލިއަން ރުފިޔާ ކުޑަކޮށްފައެވެ. އެކުންފުނީގެ މާލީ ރިޕޯޓުގައި ބުނެފައިވަނީ ޓެކުހަށް ނުކަނޑައި މި ކުއާޓަރގެ ފައިދާ 112 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެކުންފުނިން ބުނެފައިވަނީ މި އަހަރުގެ ތިން ކުއާޓަރގެ ފައިދާ އެއްކޮށްލުމުން 2018 ވަނަ އަހަރުގެ ޖުމްލަ ފައިދާއަށްވުރެ އެ ތިން ކުއާޓަރުގެ ފައިދާވަނީ 30 އިންސައްތަ އިތުރުވެފައި ކަމަށްވެސް އެސްޓީއޯއިން ބުނެފައެވެ.
އެސްޓީއޯގެ ފައިދާ އިތުރުކޮށްފައި މިވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މިއަހަރުގެ މިހާތަނަށް 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމަށްފަހު ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން ގެންދަނީ ރީޓޭލް ވިޔަފާރިއަށްވެސް މަގުފަހި ކޮށްދެމުންނެވެ. އެގޮތުން ސްޕަމާޓުގައިހުރި ޑީފުރީޒަރު ޢާއްމު ވިޔަފާރިވެރިންނަށް ކުއްޔަށް ދިނުމަށްވެސް ވަނީ ހުޅުވާލައިފައެވެ. އޭގެ އިތުރަށްވެސް އެކުންފުނިންވަނީ ރިސޯޓު ވިޔަފާރިއަށް އެތަނަށް ލިބިފައިވާ އެކުޅިވަރު ކުއްޔަށް ދޫކުރުމަށްވެސް ހުޅުވާލައިފައެވެ.