ނިޕޯން ޕެއިންޓް "އެކުލަ މިކުލަ" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން އަހަރު ނިންމުމާއި ދިމާކޮށް "އެކުލަ މިކުލަ" ނަމުގައި ނިޕޯން ޕެއިންޓަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ.

ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ. މިޕްރޮމޯޝަން ކުރިއަށް ދާނީ 12 ޑިސެމްބަރ 2021 އިން 12 ޖެނުއަރީ 2022 ގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައެވެ.

މީގެ އިތުރުން މިޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމްސް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަފްތާއަކު އެއް ފަހަރު ނެގޭ މި ލަކީޑްރޯގެ އިތުރުން މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވައި، އެއިން ކޮންމެ ފަރާތަކަށްވެސް ޑުބާއީ ދެކޮޅު ޓިކެޓް ލިބިގެންދާނެއެވެ.

އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓް އަކީ  ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.