އެސްޓީއޯގެ އައިޓީ ޑިޕާޓުމެންޓުގެ ހެޑު މުސްތަފާ އަޒުމީ މިސްކިތެއްގެ ދެވަނަ ބުރިން ވެއްޓި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަޒުމީ ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ޙާލަތު ސީރިއަސް ކަމަށާއި އަޒުމީއަށް އަވަސް ޝިފާއެއް ދެއްވުން އެދި އެންމެންގެ ދުޢާއަށް އެމްޑީ ވަނީ އެދިވަޑައިގެންފައެވެ. އޭނާގެ ބޮލަށާއި ފުއްޕާމެއަށް ވެސް ގެއްލުން ވެފައި ކަމަށް އެނގިފައިވެއެވެ.
އަޒުމީ ވެއްޓިފައިވަނީ މާފަންނޫގައި މިހާރު 4 ބުރިއަށް ހަދަމުން ގެންދާ މުޙައްމަދު ޖަމީލް މިސްކިތުގެ ދެވަނަ ބުރިންނެވެ. އޭނާއަކީ ލަކުޑީގެ މަސައްކަތަށް ވަރަށް ކުޅާދާނަ ފަންނާނެއް ކަމަށާއި އެފަދަ މަސައްކަތުގައި މީގެ ކުރިން ވެސް ވަރަށްގިނައިން އޭނާ އުޅެފައިވެއެވެ. އޭނާއާ ބެހޭ ގޮތުން އާފަތިހަށް މަޢުލޫމާތު ދިން މީހަކު ބުނީ ބޮޑަށް ބެލެވެނީ އެ މިސްކިތުގައި އޭނާ މަސައްކަތް ކޮށްފައިވަނީ ވޮލަންޓިއަރެއްގެ ގޮތުގައި ކަމަށެވެ.
ޢަޒުމީ އަކީ މީހުންނާ ވަރަށް ބޮޑަށް ގުޅޭ އަދި އެހެން މީހުން ލޯބިވާ އެކުވެރިއެއް ކަމަށެވެ. އަޒުމީ އެސްޓީއޯގައި މަސައްކަތް ކުރާތާ 25 އަހަރު ވެއްޖެއެވެ. މި ޙާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ހުރިހާ ރަށެއްގައި ސިމެންތިޔާއި ހިލަޔާއި ހިލަވެއްޔާއި ދަގަޑުވެސް ވިއްކަންވީނުން. ރާއްޖެ އަވަހަށް ތަރައްގީ ކުރެވޭނީ އެއިރުން.