އެންމެ ގިނައިން ވިކެނީ ޓީވީއާއި ދޮންނަމެޝިން: އެސްޓީއޯ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)ގެ އިޔަރ އެންޑް ސޭލްގައި އެންމެގިނައިން ވިކެނީ ހިއްކާބަޔަކާއެކު ހުންނަ ފުރޮންޓް ލޯޑު ދޮންނަ މެޝިނާއި، މަކިޓަރ ޕަވަރޓޫލްސްއާއި، އޭއޯސީ ޓީވީ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއްވައިފިއެވެ.

އެސްޓީއޯ ގެ އިޔަރ އެންޑް ސޭލް ފެށީ ނޮވެމްބަރ 17 ވަނަ ދުވަހުއެވެ. މި ސޭލް އެސްޓީއޯގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ދެއެވެ. މި ސޭލްގައި 50 ޕަސެންޓް ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އޭގެ އިތުރުން  ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

މިއީ އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ ސޭލެކެވެ. މި ސޭލްގައި އެއްވަނަ އިނާމަކަށް މި އަހަރު ހުށަހަޅާފައިވަނީ ދެ މީހަކަށް ހުރުމާއެކު ޗެއްނާއީ ދެކޮޅު ޓިކެޓެވެ. ދެވަނަ އިނާމަކަށް އޮތީ ދެމީހަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓާއި ހުރުމެވެ. ތިންވަނަ އިނާމަކަށް އޮތޯ އައިފޯން 11އެކެވެ.

މި އަހަރުގެ އިޔަރ އެންޑް ސޭލްގެ ޕާޓްނަރަކީ މޯލްޑީވިއަންއެވެ. މިހިނގާ ޑިސެމްބަރު މަހުގެ 31 އަކީ މިސޭލްގެ އެންމެ ފަހު ދުވަހެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.