ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެންވެރިކަމަށް މިހާރު ހުރި ގޮންޖެހުންތައް ޙައްލުކުރެވިދާނެ: ޕްރޮފެސަރ އުގައިލް

ފޮޓޯ: ޓުވިޓަރ

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެންވެރިކަމަށް މިހާރު ހުރި ގޮންޖެހުންތައް ޙައްލުކުރެވިދާނެ ކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ދިރޭ އެމާނުލާ މަސްވެރިކަން ކުރެވޭނެތޯ ޕްރޮފެސަރ އުގައިލް އާއި އަދި ވެސް އެހެން ފަރާތްތަކަށް ޓެގްކޮށް ޙުސައިން އާދަމް ކިޔާ ޒުވާނަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ މުސްތަޤްބަލް އުޖާލާކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުން ވަރަށް ވެސް މުހިންމު ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.

"މަސްބާނާ ރޮބަޓެއް ވެސް ދިވެހި މަސްވެރިންނަށް އީޖާދު ކުރެވިދާނެ" ޕްރޮފެސަރ އުޤައިލް ވިދާޅުވެފައި ވެއެވެ.

މަސް ބޭނުން އޮޓަމޭޓް ކުރެވިދާނެތޯ އާއި ދުނިޔޭގައި އެ ޓެކްނޮލޮޖީ ހުރިތޯ ވެސް ޙުސައިން އާދަމް ވަނީ ސުވާލުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.