ޑީކޯވި މީހަކު އިތުރުފަރުވާއަށް ޝަންގުރިއްލާއަށް ފޮނުވައިފި

ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ "ފުލައިން ފިޝް" ދޯނީގެ ފަޅުވެރިއަކު ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އިތުރުފަރުވާއަށް އައްޑޫސިޓީގައި ހިންގާ ޝަންގުރިއްލާ ރިސޯޓަށް ގެންގޮސްފިއެވެ.

އޭނާ އިތުރުފަރުވާއަށް ޝަންގުރިއްލާއަށް ގެންދިޔައީ ސީ އެމްބިޔުލާންސްގައެވެ. ގައްދޫ ސިއްހީ މަރުކަޒުން ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާ ބޭނުންވާތީ ޑޮކްޓަރުންވަނީ އެރިސޯޓަށް އޭނާ ގެންދިޔުމަށް ލަފާ ދެއްވައިފައެވެ. އެލާފާގެ މަތިން އެންމެފުރަތަމަ އޭނާ ގެނައީ އައްޑޫ ގަމަށެވެ. ގަމަށް ގެނައީ ސިފައިންގެ ކުރަނގި ހެލިކޮޓަރުގައެވެ.

އުމުރުން 30 އަހަރުގެ އެމީހާ އައްޑޫ ސިޓީ ގަމަށް ގެންގޮސްފައިވަނީ މިރޭ 00:45 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭނާ ޑީކޯވެފައިވަނީ އެންހިފަން ފީނުމުގެ ތެރޭގައެވެ. އޭނާ މިއަދުވަނީ 49 މީޓަރުގެ ފުންނަށް ފީނައިފައެވެ. އެ ފީނުމުގައި 39 މިނިޓުގެ ހޭދަކުރި ކަމަށް އެމްއެންޑީއެފަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.