ބޯހިޔާވަހި ކަމުގެ ބިލާއި ފެނާ ނަރުދަމާގެ ބިލާ ގުޅޭ ގޮތުން 21 މުއައްސަސާ އަކާ ބައްދަލުކުރަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަމުންދާ ދެ ބިލާ ގުޅޭ ގޮތުން 21 މުއައްސަސާ އަކާ މިއަދު ބައްދަލުކުރެއްވުމަށް ތާވާލު ކުރައްވައިފިއެވެ. އެއީ ބޯހިޔާވަހި ކަމުގެ ބިލާއި ފެނާ ނަރުދަމާގެ ބިލާ ގުޅޭ ގޮތުންނެވެ.

ދެކޮމެޓީގެ ބައްދަލުވުން ވެސް ފަށްޓަވާނީ މިއަދު 11 ޖަހާއިރު އެވެ. ބޯހިޔާވަހި ކަމުގެ ބިލް ޑްރާފްޓްކުރާ ސަބްކޮމެޓީގެ ބައްދަލުވުން ތާވަލްގައި ވާ ގޮތުން ފުރަތަމަ ބައްދަލުކުރައްވަން ހަމަޖައްސަވައިފައިވަނީ ފަހި ދިރިއުޅުން ކޯޕްރޭޝަނާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. ފަސްބޭންކަކާއެކު ބައްދަލުވުން ތާވަލް ކޮށްފައި ވަނީ މިއަދު 12:15 އަށެވެ. އޭއީ ބޭންކްއޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯނާއި އެޗްޑީއެފްސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ.

ބޯހިޔާވަހިކަމުގެ ބިލް ޑްރާފްޓްކުރާ ކޮމެޓީން މެންދުރު ފަހު 1:15 ގައި ހަ މުއައްސަސާއެކު ބައްދަލުކުރުމަށް ވަނީ ތާވަލް ކޮށްފައެވެ. އެއީ ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި ހައުސިންގް މިނިސްޓްރީއާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި މާލޭސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓަރީ އާއި ރައީސް އޮފީހެވެ.

ފެނާ ނަރުދަމާގެ ބިލް ޑްރާފްޓްކުރާ ސަބްކޮމެޓީން ފުރަތަ ބައްދަލުކުރަން ތާވަލް ކުރައްވައިފައިވަނީ ރައީސް އޮފީހާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި އެޓާނީ ޖެނަލް އޮފީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއާއެވެ. އެބަދަލުވުން ތާވަލް ކުރައްވައިފައިވަނީ 11 ން 12:30 އަށެވެ. 1 ން 2:30 ތާވަލް ކޮށްފައިވަނީ މޯލްޑިވްސް އެނާރޖީ އޮތޯރިޓީއާއި އީޕީއޭ އާއި ފެނަކަ ކޯޕަރޭޝަނާއި އެމްޑަބްލިޔޫއެސްސީ އާއި ސްޓެލްކޯ އާއެކުއެވެ.

ރައްޔިތުންގެ މަޖިލީހުން ދަނީ ގިނަ ބިލްތަކެއް ޑްރާފްޓް ކުރަމުންނެވެ. މަޖިލީހުން ބިލް ޑްރާފްޓާ ކުރުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް ވަނީ ޚިޔާލު ތަފާތުވުން ފާޅުކުރައްވައިފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ ބިލްޑްރާފްޓްކޮށް މަޖިލީހުގެ ތަޅުމަށް ގެނައުމަކީ، މަޖިލީހުން ކުރެވޭނެކަމެއްކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.