ތިރީސް މީހަކަށް ގޯތި ހަވާލު ކޮށްފި

ރައީސް ނަޝީދު ސަރުކާރުގެ ދުވަސްވަރު އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރު ސަރަހައްދުން މީހުން އަތުން ދައުލަށް ނަގާފާއިވާ ގޯތިތައް އަލުން އެމީހުންނާ ހަވާލު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ގޯތިތައް އަލުން އެމީހުންނާ ހަވާލު ކުރުމަށް އައްޑޫ ސިޓީ ހިތަދޫ ފުލެޓް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި 30 މީހުންނާ ގޯތި ހަވާލުކޮށްފައެވެ. އެމީހުންނާ ގޯތި ހަވާލު ކުރިކަން އަންގައިދޭ ރަމްޒީ ރަޖިސްޓްރީ ގޯތީގެ ވެރިންނާ ހަވާލުކޮށް ދެއްވީ ހައުސިން މިނިސްޓްރީގެ ޑިޕިޔުޓީ މިނިސްޓަރ އަބްދުﷲ ޒިޔާދާއި، ސިނިއާ ޕޮލިސީ އެގްޒެކެޓިވް ހަސަން ޒަރީރެވެ. އެ މީހުންނާ ދާއިމީ ރަޖިސްޓްރީ ހަދައިދޭނީ ގޯތީގެ މިންޖަހައި އިންވަކޮކޮށް ދެއްވުމާއި ގޯއްޗާބެހޭ އެފަދަ ހުރިހާ ކަމެއް ނިމުމުންނެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑީނޭޓަރ އަބްދުﷲ ޒުހައިރު ވިދާޅުވީ 700-800 އާ ދެމެދުގެ އަދަދަކަށް ދައުލަތަށް މީހުގެ އަތުން ގޯތި ނަގައިފައިވާ ކަމަށެވެ. އެހެންނަމަވެސް އެމީހުންނާ ގޯތި އަލުން ހަވާލު ކުރުމަށްޓަކައި ދެފަހަރަށް އިއުލާން ކުރުމުން އެކަމާބެހޭ ލިޔެކިޔުންތައް ހުށަހަޅައި ފައިވަނީ އޭގެތެރެއން 370 މީހުންކަމަށެވެ. ޖުލައި 26 ގެ ކުރިން އެ އެންމެނަށް ގޯތި ހަވާލުކޮށް ނިމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ ފަހަރަށް އިއުލާން ކުރުމުން ވެސް އެންމެން ކުރިމަތިލުނުލީ ކޮންމެ ވެސް ސަބަބުތަކާ ހެދި އިއުލާން ނުފެނިކަން ކަމަށް ވެދާނެ ކަމަށެވެ. އެކަމަކު މިހާރު ބައެއް މީހުންނަށް އެނގިގެން ގޯތި ބޭނުންވާ ކަމަށް އެދި ހުށަހަޅައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ އެންމެނަށް ގޯތި ދެއްވުމަށް ރައީ ޔާމީން ވަނީ އަންގަވާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެ މީހުންވެސް ހިމެނޭ ގޮތަށް ޖުލައި 26 ގެ ކުރިން ގޯތި ހަވާޅުކޮށް ނިންމާކެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.