ވަކި ތަނެއްގައި މަސައްކަތް ކުރާތީ ފްލެޓް ލިބިގެން ނުވާނެ: އީވާ ޢަބްދުﷲ

ވަކި އޮފީހެއްގައި ނުވަތަ ކުންފުންޏެއްގައި މަސައްކަތް ކުރާތީ ބޯހިޔާވަހިކަން ނުވަތަ ފްލެޓް ލިބޭ ގޮތެް އޮވެގެން ނުވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި އަޅާ ފްލެޓް އިމާރާތުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޓެލްކޯގެ ބޯހިޔާވަހިކަމުގެ ސްކީމާއި ހެލްތު އިންޝުއަރަންސްގެ އުސޫލުތައް އޮންނަ ގޮތް ބަލައި ދިރާސާ ކުރުމަށް ފަހު ކަމާބެހޭ ކޮމިޓީން މަޖިލީހަށް ހުށަހެޅުއްވި ރިޕޯޓުގައި މައިގަނޑު 18 ކަމެއް ފާހަގަ ކޮށްފައި ވެއެވެ.

މި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން އީވާ ޢަބްދުﷲ ވިދާޅުވެފައިވާ ގޮތތުގައި މާލޭ ސަރަހައްދުގައި ފްލެޓް ލިބެން ޖެހޭ މީސްމީހުން އެންމެ ރަނގަޅަށް އެނގޭނީ މާލޭ ސިޓީ ކައުންސިލަށެވެ. އަދި ބޯހިޔާވަހިކަމުގެ ނިޒާމަކީ އެއް ތަނަކުން ހަމަޖައްސާ އެއް އުސޫލެއްގެ މަތީން ކުރިއަށް ގެންދާން ޖެހޭ ކަމެކެވެ. ކޮންމެ ކުންފުންޏަކުން ވަކި އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ގެންދާން ޖެހޭ ކަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.