ފުލެޓް ފޯމް ބަލައިގަންނަ މުއްދަތު އިތުރު ކޮށްފި

ހިޔާ މަޝްރޫގެ ދަށުން ފޯމު ދޫކުރުމާއި ބަލައި ގަތުމުގެ މުއްދަތު އޯގަސްޓް މަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ހަމަޖެއްސެވީ މީހުންނަށް އިތުރު ފުރުސަތެއް ފުރުސަތު ދެއްވުން ކަމަށެވެ.

މިހާރު ފޯމް ބަލައިގަންނަމުން ގެންދަނީ މިނިސްޓްރީން ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ޚާއްސަ މަރުކަޒަކުންނެވެ. އެހެންނަމަވެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން ފޯމް ބަލައިގަތުމާއި ދޫކުރުން ކުރިއަށް ދާނީ ހައުސިން މިނިސްޓްރީން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރެއިން ފެށީގެން ވަނީ ދަރުބާރުގެއިން ފޯމް ބަލައިގަތުން މެދުކަނޑާލައިފައެވެ. މެދު ކަނޑާލީ ހައުސިން މިނިސްޓްރީއަށް އެ ސެޓަޕް ބަދަލު ކުރުމަށްޓަކައެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށްއޮތް ތިން ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓަރީއަށް ބަދަލުވެ އާދީއްތަ ދުވަހުން ފެށިގެން އަލުން ފޯމު ބަލައިގަތުމާއި ދޫކުރުމުގެ ޚިދުމަތް ދެއްވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވަރަށްގިނަ މީހުންވަނީ ފުލެޓް ބޭނުންވެގެން ފޯމު ނަގައިފައި ކަމަށެވެ. "އެހެންވެ މަޝްވަރާކޮށް މިހާރު ނިންމާފައިވާނީ ފޯމުލުމުގެ މުއަދަތު އެއްތީރީސް ޖުލައިއަށް ހަމަވާގޮތަށް އޮތްއޮތުން އެއްތިރީސް އޯގަސްޓަށް މިހާރުވާނީ އިތުރު ކޮށްފައި،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.