ސަރުކާރު ދިފާއުނުކުރާ ބޭފުޅުން ސިޔާސީ މަޤާމުތަކުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް: ޙަސަން ލަތީފް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކޮށް ސަރުކާރު ދިފާއު ނުކުރާ ބޭފުޅުން ސިޔާސީ މަޤާމުތަކުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނުގު ދާއިރާގެ އެމްޑީޕީ މެމްބަރ ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވައިފައިވާ ޓްވީޓެއްގައި ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ސަރުކާރު ދިފާއު ކުރުމަކީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ވެސް ލާޒިމްވާނެ ކަމެއްކަމަށެވެ. އެކަމަށް ފަސްޖެހި ވަޑައިގަންނަވާ ބޭފުޅުން އެ މަޤާމުތަކުގައި ތިއްބަވަން ޖެހޭ އަދި ބައިތިއްބަވަން ޖެހޭ ސަބަބެއް ނޯންނާނެކަމަށެވެ.

ޖުމްހުރީ ޕާޓީއާއީ އަދާލަތު ޕާޓީއާއި އެމްއާރުއެމް އަކީ ވެސް ސަރުކާރު ކޯލިޝަންގެ މެމްބަރުންކަމަށްވުމުން ސަރުކާރުގެ ނިންމުންތަކަށް އެމްޑީޕީއެކޭ އެއްފަދައިން އެ ޕާޓީތަކުންވެސް ޢަމަލުކޮށް ދިފާޢުކުރަންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޙަޞަން ވަނީ ވިދާޅުވެފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.