ގައުމީ ދުވަހުގެ ޑްރިލް ޑިސްޕްލޭގެ މި ފަހަރު ގއ.ވިލިނގިލީގައި

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ހުށަހަޅައިދޭ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މިއަދު ގއ.ވިލިނގިލީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޔުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު (30 ނޮވެމްބަރ) ހަވީރު ގއ.ވިލިނގިލީ ފުޓްބޯޅަ ދަނޑުގައެވެ. މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާއިރު، ޑްރިލް ސްކޮޑުގެ ބައިވެރިންނާއިއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް މާދަމާގެ ޑްރިލް ޑިސްޕްލޭގެ ހަރަކާތްތަކަށްފަހު ދެވޭނެއެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.