ޝިފާޒުގެ ބަސް: ދެކޮޅުން ވެސް ވާދަވެރި ކެމްޕޭނެއް ކުރީމާ ހުންނާ ރަނގަޅަށް.

ޝިފާޒަށް ފަތްކޮޅު ދެއްވަނީ

އެމްޑީޕީން ހުސްވެފައިވާ އެޕާޓީގެ ނާއިބު ރައީސް ކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ މުޙައްމަދު ޝިފާޒު ކެމްޕޭނާ ބެހޭގޮތުން އޭނާގެ ބަސް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނާއިބު ރައީސް ކަމަށް ޝިފާޒާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ. އަސްލަމް ވިދާޅުވެފައިވަނީ ޝިފާޒަކީ ޤާބިލް ބޭފުޅަކަށް ވިޔަސް އިންތިޚާބުގައި އޭނާ ބަލިކުރެވޭނެ ކަމަށެވެ.

އެކަމާބެހޭގޮތުން ޝިފާޒު ދެއްވީ ފިނި ޖަވާބެކެވެ. ޝިފާޒު ވިދާޅުވީ އިންތިޚާބުގައި އަސްލަމާ ވާދަކުރެއްވުމަކީ ގޮންޖެހުމެއް ނޫންކަމަށެވެ. އަސްލަމް ވާދަކުރައްވާތީ އެއްވެސް ވަރަކަށް ފިކުރު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު އޭނާ ވިދާޅުވީ މިފަދަ ކެމްޕޭނެއް ކުރަންވާނީ އެމްޑީޕީއަކީ އެއްޕާޓީއެއް ކަމަށާއި އަދި އެއްބައެއްކަން އެނގިތިބެ ކަމަށެވެ.

"ކެމްޕޭނެއް ހިންގަންޖެހޭނީ މިއީ އެއްޕާޓީއެއް ކަމަށާއި އެއްބައެއް ކަމާއި މިހުރިހާ އެއްޗެއް އެނގިތިބެގެން. ވާދަވެރި ކެމްޕޭނެއްގައި އެހުންނަ ހެލްދީކަން ޕާޓީއެއްގައި ހުންނަވާނެ. ވާދަވެރި ކެމްޕޭނެއް ދެފަރާތުންވެސް ކުރީމައި ހުންނާނީ ރަނގަޅަށް. އަޅުގަނޑަށް އަބަދުވެސް އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ މައްޗަށް އިތުބާރު އޮވޭ،" ޝިފާޒު ވިދާޅުވިއެވެ. އަސްލަމަކީ ވެސް ޕާޓީގެ ޚިދުމަތްތެރިއެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.