ރައީސް ޔާމީން މިހާރު ހުންނެވީ ގިނިކަންޏާ:އެމްޑީޕީ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އަބްދުﷲ ޔާމީން ހުންނެވިޔަސް އެމަނިކުފާނު މިހާރު ހުންނެވީ ގިނިކަންޏާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު އެމަނިކުފާނު އަރިހުގައި ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ތިއްބެވި ކަމަށެވެ. އޭރު އެމްޑީޕީއޮތީ އެކަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް ޑީއާރުޕި ފަދަ ކުދި ޕާޓީތައް ރައީސް ޔާމީން އަރިހު އެބަތިބި. އެކަމަކު ވެރިކަމަށް ވަޑައިގެންނެވިއިރު ހުންނެވި ގޮތަކަށްނޫން މިހާރު ހުންނެވީ. ސިޔާސީ ބޮޑެތި ޕާޓީތައް މިހާރުވަނީ ވަނީ އެމްޑީޕީއާއެކު. ރައީސް ޔާމީން ވެރިކަމަށް ވަޑައިހެންނެވިއިރު ކަންކަން އޮތްގޮތާ އިދިކޮޅަށް ކަންތައް މިހާރު އޮތީ،" ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސަރުކާރު ހަމަމަގަށް އަޅުވަން ގުޅިފައިވާ ޕާޓީތަކުން ކުރައްވަމުން އަންނަ މަސައްކަތް ވަރަށްބޮޑަށް ކާމިޔާބުވެފައި ވާކަމަށެވެ. އެހެންނަމަވެސް އަދިވެސް ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް ޔާމީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިވަގުތު ރައީސް ޔާމީން ވެރިކަމުގައި ހުންނެވިޔަސް "ދެން މާގިނަ ދުވަހެއްނެތް،" ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.