މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކު (އެމްޑީއެން) ގެ ރިޕޯޓުގެ މައްސަލާގައި އިސްލާމްދީނުގެ އަޚުލާޤާ ޚިލާފު އެއްވެސް ޢަމަލެއް އަދި ބަހެއް ވެސް ނުބުނުމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު އަނީލް އެދި ވަޑައިގެންފިއެވެ.
ޝައިޚް އަނީލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ ޢަމަލެއް ނުވަތަ ބަހަކީ އެ ރިޕޯޓާ ދެކޮޅު އަޑު ކަނޑުވާލުމަށް ބޭނުންވެފައިތިބި މީހުންނަށް ދެވޭ ހަދިޔާއެއް ކަމަށެވެ. އެހެން ކަމުން އެކަން ނުކުރުމަށް ހަނދާން ކޮށްދެއްވާ ކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.
"އެމްޑީއެން ރިޕޯޓުގެ މައްސަލާގައި އެއްވެސް ފަރާތަކުން އިސްލާމްދީނުގެ އަޚުލާގާ ޚިލާފު އެއްވެސް ،ޢަމަލެއް ނުކުރުމަށާއި އެފަދަ ބަހެއްވެސް ނުބުނުމަށް ހަނދާންކޮށް އަރުވަން. އެފަދަ އެއްވެސް ބަހެއް ޢަމަލެއް އެއީ އެރިޕޯޓާ ދެކޮޅު އަޑުކަނޑުވާލަން ބޭނުންވެފައިތިބި ބަޔަކަށް ދެވޭނެ އަގުބޮޑު ހަދިޔާއެއް،" ޝައިޚް އަނީލް ގެ ޓްވިޓާގައި ވިދާޅުވެފައިވެއެވެ.
ފުލުސް އޮފީހުން ވަނީ އެ މައްސަލަ ތަޙުޤީޤު ކުރަން ފަށައިފައެވެ. އަދި އެކަމާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުހަށް ހާޒިރު ކުރުމުގެ މަސައްކަތް ވެސް ފަށައިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެރިޕޯޓުގެ މައްސަލާގައި ރާއްޖޭގެ ޢިލްމުވެރިން ގޮވާލަމުން ގެންދަވަނީ އެމްޑީއެން އުވާލައި އެކަމުގައި ބައިވެރިވި މީހުންނަށް އަދަބު ދިނުމަށެވެ. އެ ޖަމިއްޔާ އުވައިލުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ރަސްމީކޮށް ފަށައިފައިވާ ކަމަށް ސަލަފުން ވަނީ ވިދާޅުވެފައެވެ.
Emme fahun mikamaa gulhigen echchekey bunuvvaifi dheththoa.sarukaarun kuraa kamunudhaa kankan baeh meehunnah nufennaathee dhera kamakee.ekamaku ran'galhu kamah sanaa kiyaane evarah
Ekamai gulhin huri emmen rajjein furuvalaafa kulhen feshi drama eh aee dhera kamaky rajjeyge baeh media thah vex kaafarunge faibudah vettifa va kan