ގޭސްފުޅި ގުޅަން އުޅެނިކޮށް ކެފޭއެއްގެ ބަދިގޭގައި އަލިފާން ރޯވެއްޖެ

މާލޭގެ ކޭފޭއެއްގެ ބަދިގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި އެކިވަރުގެ ގެއްލުން ވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ މި ޙާދިސާ ހިނގާފައިވަނީ ގޭސްފުޅި ހުސްވެގެން އައު ގޭސްފުޅި ގުޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. ޙާދިސާ ހިނގިއިރު ބަދިގޭގައި ތިބީ ދެ ބިދޭސީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއްވެސް މީހަކަށް މިޙަދިސާގައި އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ މިޙާދިސާ ހިނގާފައިވަނީ ގުރީން މޫން ކެފޭގައެވެ. ޢާޒިމް ވިދާޅުވީ އަލިފާން ރޯވިތާ ތިން މިނިޓު ތެރޭގައި ސިފައިންވަނީ ނިއްވާލައިފައި ކަމަށެވެ. ޢާޒިމް ވިދާޅުވީ މި ޙާދިސާގެ އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 5:50 ގައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.