މާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ތުންފަތް ފަޅައިގެން ހިނގައްޖެ

އެކްސިޑެންޓުތައް ހިނގުން މަދުކުރުމަށް އެންމެންވެސް ސަމާލުވާންޖެހޭ: ފައިފޮޓޯ

މާލެސިޓީގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ތުންފަތް ފަޅައިގެން ހިނގައްޖެއެވެ. އަނިޔާވެފައިވަނީ އެކްސިޑެންޓު ހިނގިވަގުތު ޓެކްސީގެ ފަހަތުގައި އިން މީހާއަށެވެ. އެކްސިޑެންޓުވީ ޓެކްސީއެއް ކޮންޓްރޯލްނުވެ ގޮސް ގަހެއްގައި ޖެހުނުވަގުތު ފަހަތުން އައިސް ސައިކަލެއް ޓެކްސީގެ ފަހަތުގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހެނދުނު 8:59 އެހައިކަންހާއިރު ހިނގި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާއެއް ނުވެއެވެ. ތުންފަތް ފަޅައިގެންދިޔަ މީހާއަށްވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އެކްސިޑެންޓުވި ޓެކްސީއާއި ސައިކަލު ދުއްވި ދެމީހުންގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.