ހަ މަސް ފަހުން މާލޭގެ މަގުތަކުގައި ދުންފަތުން އިސްތިޢުމާލު ނުކުރެވޭނެ

މާލޭގެ މަގުތަކުގައި ދުންފަތުން އިސްތިއުމާލު ކުރުން މަނާކުރަން ނިންމަވައިފި: ފޯޓޮ ސޯޝަލްމީޑިއާ

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ މަގުތަކުގައި ދުންފަތުން އިސްތިޢުމާލު ކުރުން މަނާ ކުރުމަށް މާލެ ސިޓީކައުންސިލުން ނިންމަވައިފައެވެ. ކައުންސިލުން އެގޮތަށް ނިންމެވީ މިރޭ ބޭއްވި ކައުންސިލް ބައްދަލު ވުމެއްގައެވެ.

މާލޭގެ މަގުމަތަކުގައި ދުންފަތުން އިސްތިޢުމާލު ކުރުމަކީ މަނާކަމެއް ކަމަށް ސިޓީ ކައުންސިލުން މިރޭ ނިންމެވިޔަސް އެކަން ތަންފީޒު ކުރަން ފަށާނީ 6 މަސްފަހުން ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިގޮތަށް ނިންމެވީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި އެހެން މީހުންނަށް ދުންފަތުން ރައްކާތެރިވެފައިވާ މާޙައުލެއް ކަށަވަރު ކޮށްދެއްވުމުގެ ގޮތުންނެވެ. މާލޭގެ މަގުތަކުގައި ހިނގައި ބިނގައި ހެދުމަށް އޮންނަ ޖާގައަށް ބަލާއިރު އެތަންތަނުގައި އަންހެނުންނާއި ކުޑަކުދިން ވެސް އުޅެމުންދާއިރު ދުންފަތުން އިސްތިޢުމާލުކުރާ މީހުން ބޭރު ކުރާ ދުމުގެ އަސަރު ވަރަށްބޮޑަށް އެމީހުންނަށް ކުރެއެވެ.  އެއީ ނުރައްކާތެރި އެތައް ކަމަކަށް ހުށަހެޅިދާނެ ކަމަކަށްވާތީ ރައްކާތެރި މާޙައުލެއް އެންމެނަށް ކަށަވަރު ކޮށްދިނުމަކީ ކައުންސިލްގެ އެއް މަޤުސަދެވެ.

 ސަރުކާރު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މިހާރުވެސް މަނާކޮށްފައިވާ ކަމެކެވެ. އަދި ބައެއް ރެސްޓޯރެންޓާއި، ކެފޭ، ސައިހޮޓާ ތަންތަނުގައި ވެސް ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުން ވަނީ މަނާ ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.