ބޭރުގެ އެހީގައި ރޯވިން ތަރައްޤީ ކުރުމަށް މަޝްވަރާ ކުރަނީ

ރާއްޖެއިން ބޭރުގެ އެހީތެރި ކަމާއެކު ރޯވިން ތަރައްޤީ ކުރުމުގެ މަޝްވަރާތައް ކުރުމަށް ޕްލޭން ކުރަމުންދާ ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

އެތަނުގެ ވިދާޅުވީ ވޯލްޑު ރޯވިން އެސޯސިއޭޝަނާއި، ޑެނިޝް ފެޑެރޭޝަނުން މިހާރުވެސް ވަނީ ރާއްޖޭގައި ރޯވިން ތަރައްޤީކޮށް ފުޅާކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ. އެގޮތުން ރޯވިން އެސޯސިއޭޝަނުން އެދޭ ކަންތައްތަކުގެ ތެރެއިން ކޮށްދެވެންހުރި ކަންކަން ކޮށްދިނުމާމެދު މަޝްވަރާ ކުރަން ތައްޔާރަށް ތިބިކަމަށް އެތަންތަނުން ވަނީ ބުނެފައެވެ.

އޭގެ އިތުރަށް ރޯވިން ފުޅާއިރު އެކަމަށް އެންމެ ރަނގަޅު ލޮކޭޝަންތައް ބަލައި އެމަޢުލޫމާތު އެއްކުރުމުމުގެ މަސައްކަތް ކުރަންވެސް ޑެނިޝް ފެޑެރޭޝަނުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރޯވިންއަކީ ރާއްޖެއަށް އަދިވެސް އެހާ މަޝްހޫރު ކުޅިވަރެއް ނޫންނެވެ. ރޯވިން ކުރިއަށްދަނީ އައްޑޫ ސިޓީގައި އެކަންޏެވެ. އެ ސިޓީގައި ރޯވިން ކުރިއެރުވުމަށް ތަފާތު ގޮންޖެހުންތައް ވެސް އެބަހުރި ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވިއެވެ. އެ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަބީބު ވިދާޅުވީ ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލައިގެން ވިޔަސް ރާއްޖޭގައި ރޯވިން ދިރުވައި އާލާކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

އެ ކުޅިވަރު އާލާކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ސްޕްޓްސް މިނިސްޓަރ އަޙުމަދު މަހުލޫފް ވަނީ ވިދާޅުވިއެވެ. އެގޮތުން ސޭފްޓީ ބޯޓެއް ހަމަޖައްސައި ދިނުމާއި، ލައިފްޖެކެޓު ދިނުމާއި، ކޯޗުންގެ އެލަވަންސް ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް މިނިސްޓާރ ވަނީ ކުރިން ވިދަޅުވެފައެވެ. އެހެންނަމަވެސް އަދި އެކަމުގެ އެއްވެސް ކަމަކަށް ޢަމަލީ ސިފައެއްއައިސްފައެނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.