ޓުވިޓް ސާފު އައްޑޫގެ ދަށުން އައްޑޫ އަވަށްތަކުން ކުނިނަގައިފި

ޓްވިޓްސާފު އައްޑޫ މި ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫގެ އެކި ސަރަޙައްދުތައް ސާފުކޮށްފިއެވެ. މިޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 3:00 އިން 6:00 އަށް އެ އަވަށްތަކުގެ އެކި ސަރަޙައްދުތަކުގައެވެ.

މިޙަރަކާތުގައި ޔޫތު މިނިސްޓަރ އަޙޫމަދު މަހުލޫފްވަނީ ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ.

އެންމެ ޓްވީޓަކުން ފަށައި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވައި ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައި ކަމަށް އުރީދޫ މޯލްޑިވްސް އިން ވިދާޅުވިއެވެ. މީގެ ކުރިން ވަނީ މާލެ އަދި ހުޅުމާލޭގައި މިޙަރަކާތް ކާމިޔާބު ކަމާއެކު ހިންގައިފައިފައެވެ. އައްޑޫސިޓީގައި މިއަދު ބޭއްވި ސާފު ކުރުމުގެ ޙަރަކާތަށްފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހަރާކާތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އުރީދޫން ވަނީ ވިދާޅުވެފައެވެ. .

"ޓްވިޓްސާފުގެ އަމާޒަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދިނުމެވެ. އަދި ރަށްރަށުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމެވެ. އޭގެ އިތުރަށް ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުން ކަމަށް އުރީދޫން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.