ދިވެހި ދެ ކޯޗުންގެ އެހީގައި ރޯވިން އެސޯސިއޭޝަނުން އައްޑޫގައި ވައިޑީޕީ ފަށައިފި

ދިވެހި ދެ ކޯޗުންގެ އެހީގައި ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރާތުން އައްޑޫ ސިޓީގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ފަށައިފިއެވެ. މި ޕްރޮގްރާމް ޚާއްސަ ކޮށްފައިވަނީ އައްޑޫ ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނަށެވެ.

ރޯވިން އެސޯސިއޭޝަނުން ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ކޮންމެރެއަކު އިންޑޯ ފަރިތަކުރުންތައް ކުރިއަށްދާނެ ކަމަށެވެ. "ކޮންމެ ސްކޫލަކަށް ވެސް ހަފްތާއަކު ތިންރޭ ޕްރެކްޓިސް އޮންނާނެ. މިއީ ޖޫންމަހު އަށެއްގައި ރާއްޖެ އަންނަ އިނގިރޭސި ކޯޗު އަންނަންވާއިރަށް ކުދިންގެ ފިޓްނަސް ރަނގަޅުކޮށް މޫދަށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދާ އިންޑޯ ފަރިތަކުރުންތަކެއް،" ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.

ރޯވިން އެސޯސިއޭޝަނުން މި ޕްރޮގްރާމް މިފެށީ އެކި ސްކޫލްތަކުން 85 ކުދިންނާއެކުގައެވެ. އެކުދިން ރޯވިންބޯޓުތަކަށް އަރުވާނީ އިންޑޯ ފަރިތަކުރުން ތަކުގައި ބޭނުންކުރާ މެޝިންތަކަށް ފަރިތަވުމުން ކަމަށް ވެސް އެސޯސިއޭޝަނުން ވިދާޅުވިއެވެ. ރޯވިން ބޯޓުތަކާއެކު މޫދުގެ ފަރިތަކުރުންތައް ފަށާނީ އިނގިރޭސިވިލާތުގެ ކޯޗު އައުމުންނެވެ.

ރޯވިން އެސޯސިއޭޝަނުން ވިދާޅުވީ އެސޯސިއޭޝަނުން މިފަދަ ޕްރޮގްރާތައް ހިންގަން މަސައްކަތްކުރާއިރު އެތަނުގެ ބޯޓުތައް ބަހައްޓާނެ ތަނެއް އަދިވެސް ލިބިފައިނެތުމަކީ މިކަމަށްއޮތް ބޮޑު ގޮމްޖެހުމެއް ކަމަށެވެ. މިހާރު ބޯޓުތައް ބަހައްޓާފައި ހުންނަނީ ހިތަދޫ އައިސްޕްލާންޓް ސަރަޙައްދުގައި ދިމާ ބިމުގައެވެ. "އެތާ އެ އެއްޗެހި ހުންނައިރު އަގިބޮޑުކޮށް އޭގައި އަޅުވާފައި ހުންނަށް ބައެއް ސާމާނު ވަގަށް ނަގާކަން ވެސް ވަނީ ފާހަގަވެފައި. މިއީ މިހާރުން މިހާރަށް ވެސް ޙައްލު ބޭނުންވާ ކަމެއް،" ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.