އަށް މީހުންނާއެކު ދަތުރުކުރި މަސްދޯންޏެއް ފަރަކަށް އަރައިފި

އަށް މީހުންނާއެކު ދަތުރުކުރި 39 ފޫޓުގެ މަސްދޯންޏެއް ހުޅުމާލެ އިރުން ކުޑަކަޅިން ވަންނަނިކޮށް ފަރަކަށް އަރައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

"ލެގޫން" ނަމަކަށް ކިޔާ އެދޯންޏަށް އެހީވުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުން ގެންދަނީ ކުރަމުންނެވެ. އެ ދޯނިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 7 ބިދޭސީންނެވެ.

މިދޯނި ފަރަށްއެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 9:48 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.