ކ.ގުޅީ ފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށްކިޔާ މަސް ދޯނީގެ ނަގިލި ނަގަން މޫދަށް ފޭބި ބިދޭސީ ފަޅުވެރިއާ މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ މޫދުގެ 21 މީޓަރުގެ އަޑިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށެވެ. އޭނާ ފެނިފައިވަނީ މިއަދު ހަވީރު 4:21 އެވެ. އޭނާގެ ހަށިގަނޑު މިހާރުވަނީ މާލެ ގެސް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އަށް ގެންގޮސްފައެވެ.
ދޯނީގެ ނަގިލި ނަގަން އޭނާ މޫދަށް ފޭބީ މިއަދު ހެނދުނުއެވެ. ފޭބި ގޮތަށް އޭނާގެ ޚަބަރެއް ނުވެގެން އެކަން އެމްއެންޑީއެފް އަށް އަންގާފައިވަނީ ހެނދުނު 8:50 އެހައިކަންހާއިރުއެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ޑައިވަރުން ވަނީ އެސަރަޙައްދަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
މިޙާދިސާ ހިނގިއިރު އެދޯނީގައި މި ބިދޭސީ މީހާއާއެކު ޖުމްލަ 9 މީހުން ތިއްބެވެ. އޭނާގެ އިތުރަށް ދެންތިބި 8 މީހުންނަކީ ދިވެހީންނެވެ.
Dhen thibi 8 dhivehin vegen emeeha maraaly kamah vedhaane kamah shakku vasvaas eba hithah vadhey