މަހަށް ނުކުމެ އުޅެނިކޮށް ފިޓުޖެހުނު މަސްވެރިއަކު ތިނަދުއަށް ގެންގޮސްފި

މަސްވެރިކަން ކުރަން އުޅުނު "ވާލި 8" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިއެއްގެ ހާލުބޮޑުވެގެން ސިއްހީ އަވަސް ފަރުވާޔަށް ގދ. ތިނަދޫ އަށް ގެންގޮސްފިއެވެ.

އޭނާ ތިނަދުއަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއިއެކުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ އަށް ލިބިފައިވަނީ މިއަދު މެންދުރު 12:00 އެހައިކަންހާއިރުއެވެ. 32 އަހަރުގެ މި ބަލިމީހާއަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގދ.ތިނަދޫ އާއި 15 މޭލު ދުރުގަ އޮތް މަސްބޮއި ސަރަހައްދުގަ މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ފިޓުޖެހިގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާ ދިމާވިއިރު އެ ދޯނީގައި 22 ފަޅުވެރިން ތިއްބެވެ.

މިކަމުގެ ރިޕޯރޓް ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގަޑް ސްކޮޑްރަން އިން ވަނީ އެމްއެންޑީއެފް ހާބަރ ކްރާފްޓް ލޯންޗް، "ވާލި 8" ދޯނި އޮތް ސަރަހަށްދަށް ގޮސް ބަލިމީހާ ލޯންޗަށް ނަގައިފައެވެ. މި މީހާ ވަނީ މެންދުރު 13:15 ގައި ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.