ހޯމް މިނިސްޓަރ އިތުރުފުޅު ހައްދަވައިފާނެ ކަމަށް ދެކިގެން ނުވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހޯމް މިނިސްޓަރ އިތުރުފުޅު ހައްދަވައިފާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ބާޣީ ޢަބްދުﷲ ލުތުފީ ލަންކާއަށް ގޮސް ފިލުމުން އޭނާ ހޯދައި ރާއްޖެއަށް ގެނެވިފައި ނުވާ މައްސަލާގައި މިހާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތައް ދިފާޢު ކުރައްވަމުންނެވެ.

ޢިމްރާން ވިދާޅުވެފައިވަނީ އޭރު ލުތުފީ ހޯދައި މާލޭ ގެނެވިފައި ނުވަނީ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރުގެ ބަސްފުޅެއް ނެތިގެން ކަމަށެވެ. އަދި އެކަމަކީ އެހާ ސީރިއަސް ކަމެއް ދެއްވަން ޖެހޭ ކަމެއްނޫން ކަމަށް ޢުމަރު އޭރުވިދާޅުވި ކަމުގެ  މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޢިމްރާން ވަނީ ވިދާޅުވެފައެވެ.

ޢިމްރާންގެ މިވާހަކަތައް ޢުމަރު ނަސީރު ވަނީ ދޮގުކުރައްވައިފައެވެ. އަދި ޢުމަރާ ބެހޭ ގޮތުން ޢިމްރާން ދެއްކެވި ވާހަކަފުޅުތައް ކުރީގެ ޕޮލިސް ކޮމިޝަނަރުން ކަމަށް ޢަބްދުﷲ ރިޔާޒާއި، އަޙުމަދު އަރީފާއި، ޙުސައިން ވަޙީދު ވެސް ވަނީ ދޮގުކުރައްވައިފައެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ "އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުންގެ ދައުރު ނިމިދިޔައިރު ވެސް ލުތުފީ ރާއްޖެ ގެނެވިފައެއް ނުވޭ. އެކަންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސް ކަމުގައި. ޝައިޚް ޢިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި. މުޙައްމަދު ޙަމީދުގެ ކޮމިޝަނަރ އޮފް ޕޮލިސް ކަމުގައި،" ކަމަށެވެ. ލުތުފީ މާލެ ގެނެސް މިހާރު ވަނީ ކަރެކްޝަނާ ޙަވާލުކޮށްފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.