ރައީސް ނަޝީދު "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވާ ޖަލްސާ މިރޭ

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވާ ޖަލްސާ މިރޭ އޮންނާނެއެވެ.

އާޓްފިޝަލް ބީޗުގައި މިރޭ 20:30 ގައި ބާއްވާ މި ޖަލްސާގައި އެ ޕާޓީއަށް ގުޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އެ ޕާޓީ އިން ބުނެއެވެ.

ރައީސް ނަޝީދު އެ ޕާޓީއަށް މިރޭ ސޮއި ކުރެއްވިނަމަވެސް އެޕާޓީގެ ހަރުގެ ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ބައިވެރިވެޑައިގަންނަވަމުންނެވެ.

މީގެ އިތުރުން "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ޖުލައި 5 ވަނަ ދުވަހު ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެން ވަނީ ވާހަކަ ދައްކަވާފައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދީފައިވަނީ މިމަހު ކުރީކޮޅުއެވެ. އެއާއެކު އެޕާޓީންވަނީ، ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ އެޖަލްސާގައި ޕާޓީގެ ލޯގޯއާއި ނަމާއި ކުލަ ފާސްކޮށް، ޕާޓީގެ ވަގުތީ ޗެއަރޕަރސަންގެ މަގާމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހަސަން ލަތީފު ވަނީ ހަމަޖައްސާފައެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 މެއި 24 ވަނަ ދުވަހުއެވެ.

ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3،560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެއެވެ.

 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.