ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދާދި ދެންމެއަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ މައްސަލަ އަށްވަނަ ފަހަރަށް މަޖިލީހުގައި އެޖެންޑާކޮށް ޖަލްސާ ފަށްޓަން ތައްޔާރުވެފައި ވަނިކޮށެވެ.

އޮނަރަބްލް މުޙައްމަދު ނަޝީދު އިސްތިއުފާދެއްވިކަން އިއުލާނުކުރެއްވީ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ފެށުމާއެކު ރިޔާސަތުގައި އިންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ހުށަހެޅުނީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

އެމަނިކުފާނު އިސްތިއުފާދެއްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އިތުރަށް މަޖިލީހުގެ ރައީސްކަމުގައި އިންނަވައިފިނަމަ ވެރިކަންކުރާ ޕާޓީން މަޖިލީހަށް އިތުރު ގެއްލުންދީފާނެކަމުގައެވެ.

ނަޝީދު 2012 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމުން އިސްތިއުފާ ދެއްވީވެސް އެމަނިކުފާނު ވެރިކަމުގައި ހުންނަވައިފިނަމަ ގައުމަށް ގެއްލުންވާނެ ކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.