ފާމަސިސްޓަށް ބިރުދައްކައި ސިރިންޖު ތަކެއް ނެގި މީހަކު ބަންދުކޮށްފި

އދ. މަހިބަދޫ ފާމަސީއެއްގައި މަސައްކަތްކުރާ ބިދޭސީ ފާމަސިސްޓަކަށް ތޫނު އެއްޗަކުން ބިރު ދައްކައި ފާސީން ސިރިންޖުތަކެއް ނެގި މީހަކު ބަންދުކޮށްފިއެވެ. އެ ފާމަސީން އޭނާ ނަގައިފައިވަނީ 3 ސިރިންޖެވެ.

ފުލުހުން ވިދާޅުވީ މި މަޢުލޫމާތު ރޭ 9:00 ގައި ލިބުމާއެކު އެކަން ބަލަން ފަށައިފައިވާ ކަމަށެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިހާރުވަނީ މަގުމަތިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ އޭނާ މަގުމަތިން ހުއްޓުވައި ބަންދުކުރިއިރު ވެސް ހުރީ މަސްތުވެފައި ކަމަށެވެ. ބިރު ދައްކައި ސިރިންޖުތަކެއް ވަގަށް ނެގި މީހަކު މަސްތުގެ ހާލުގައި ހުއްޓައި ހައްޔަރު ކޮށްފި އެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.