ލޮއި ބަސްތާއެއް ވަގަށްނެގި މީހަކު ބަންދު ކޮށްފި

ހއ. ހޯރަފުށީ ގެއަކުން ލޮއި ބަސްތާއެއް ވަގަށްނެގި މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލާގައި ބަންދުކޮށްފައިވަނީ ޢުމަރުން 21 އަހަރު ދިވެހި ފިރިހެނެކެވެ. އޭނާއަކީ އެރަށުގައި ހިންގާ ގިނަ ކުށްތަކަށް އަރައިގަންނަ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ ބަންދު ކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެންނެވެ.

ލޮއި ބަސްތާ ގެއްލުނު ކަމުގެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ އިއްޔެ ހެނދުނު 10:07 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހިންގި ތަހުޤީޤަށް ލިބިފައިވާ މަޢުލޫމާތު ބޭނުންކޮށްގެން ފުލުހުންވަނީ ލޮއި ބަސްތާ ހޯދައިފައެވެ. އެ ހޯދައިފައިވަނީ އެރަށުގައި އުޅޭ ބިދޭސީއަކަށް ވިއްކާލައިފައި ވަނިކޮށްނެވެ.

މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.