ވަގަށް ނަގާފައިވާ ސާމާނުތަކެއް ވިއްކަން އުޅުނު މީހަކު ބަންދުކޮށްފި

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން އުޅުނު ޢުމުރުން 29 އަހަރުގެ ދިވެއްސަކު ރޭ ބަންދުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އޭނާ ބަންދުކޮށްފައިވަނީ ރޭ ދަންވަރު 2:00 ގައި ވިލިމާލެއިން ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން ވަނީ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އިތުރަށް މަޢުލޫމާތު ސާފުކުރުމުން އެއީ މަރާމާތު ކުރުމުގެ މަސައްކަތެއް ކުރަމުންދިޔަ ޢިމާރާތެއްގައި ބޭނުންކުރާ ސާމާނުތަކެއްކަން ފުލުހުންގެ ތަޙުޤީޤަށް ވަނީ އެނގިފައި. މިހާރު އެސާމާނުވަނީ ވެރިފަރާތާ ޙަވާލުކޮށްފައި،" ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.