ތިޖޫރި ވަގަށްނެގި މައްސަލާގައި ދެމީހަކު ބަންދުކޮށްފި

އއ. މަތިވެރީގައި ހުންނަ އެސްޓީއޯ ބޭސްފިހާރައިގެ ތިޖޫރި ވަގަށްނެގި މައްސަލާގައި ދެމީހަކު ބަންދުކޮށްފިއެވެ.

އެމައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައިވަނީ ޢުމުރުން 33 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެމީހުން ވެސް ބަންދުކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ތިޖޫރި ނަގައިފައިވަނީ ރޭ ދަންވަރު 2:50 އެހައިކަންހާއިރުއެވެ. ތިޖޫރި ވަގަށް ނަގައިގެން ދަނިކޮށް ފެނިފައިވަނީ ރަށުތެރެ ބެލެހެއްޓުމުގެ ޙަރަކާތުގައި ރޭ އުޅުނު ފުލުހުންނަށެވެ.

ތިޖޫރި ހިފައިގެން ދެމީހަކު ދަނިކޮށް މަޑުކުރަން އެންގުމުން އެމީހުން ވަނީ ތިޖޫރި ދޫކޮށްލާފައި ފިލައިފައެވެ. އެއީ އެސްޓީއޯ ބޭސްފިހާރައިގެ ތިޖޫރިކަން ފުލުހުންނަށް ކަށަވަރުވީ ރަށުގެ ފިހާރަތައް ބަލަމުން ދަނިކޮށް އެސްޓީއޯ ބޭސްފިހާރަ ފަޅާލައިފައި ހުރިތަން ފެނިގެން ގޮސް ބެލިއިރު ތޖޫރި ނެތުމުންނެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.