ނައިފަރު ފިހާރައެއް ފަޅާލައި ވައްކަންކުރި މީހަކު ބަންދުކޮށްފި

ޅ. ނައިފަރުގައި ފިހާރައެއް ފަޅާލައި އެތަނުން ވައްކަންކުރި މީހަކު ބަންދު ކޮށްފިއެވެ. އެފިހާރައިން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް  މިއަދު ހެނދުނު 6:15 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ އެ ފިހާރައިން ވައްކަން ކޮށްވައިވަނީ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅުމުން އެމައްސަލަ ބެލުމަށްފަހު މިއަދު ހެނދުނު 11:40 ގައި ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ފިރިހެނަކު ބަންދު ކޮށްފިއެވެ. އަދި އެ ފިހާރައިން ނަގާފައިވާ 1100 ރުފިޔާއި، 750 ޑޮލަރުގެ ތެރެއިން 556 ޑޮލަރާއި 20 ޔޫރޫއާއި، 845 ރުފިޔާ ވަނީ ހޯދައިފައެވެ. އޭގެ އިތުރަށް އެ ވައްކަން ކުރުމަށް ބޭނުންކުރި އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮންވައްތަރެއްގެ އެއްޗެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.