އުނގޫފާރުން ވަގަށްނެގި ތިޖޫރީ ފައިސާއާއެކު ހޯދައިފި

ފަސްލައްކަ ފަންސާސް ހާސް ރުފިޔާއާއެކު ރ. އުނގޫފާރު ގެއަކުން ވަގަށްނަގައިފައިވާ ތިޖޫރީ ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ އެތީޖޫރި ފެނިފައިވަނީ ތަޙުޤީގަށް ލުބުނު މަޢުލޫމާތަކާ ގުޅިގެން އެރަށުގެ ފަޅުގޯއްޗެއް ބަލަމުން ދަނިކޮށް އެގޯތި ތެރެއިން ކަމަށެވެ.

ތިޖޫރީ ފެނުނުއިރު އެ ހުޅުވަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ހުޅުވޭގޮތް ނުވުމުން އޭގައިހުރި ފައީސާ ވެސް ތިޖޫރި ގެންދިޔަ މީހާއަށް ނެގިފައެއް ނުވެއެވެ. ތިޖޫރި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ތިޖޫރި ވަގަށް ނެގިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ 25 އަހަރުގެ މީހަކު ބަންދު ކޮށްފައެވެ. އަދި އިއްޔެ ވަނީ 27 އަަހަރުގެ މީހަކު ވެސް ބަންދު ކޮށްފައެވެ.

ފުލުހުން ވިދާޅުވީ އެއީ އެރަށުގައި ހިންގާ "ވެސްޓް ބީޗް ރެސްޓޯރެންޓް" ގެ ވެރިމީހާގެ ގޭގެ ކޮޓަރިއެއްގައި ހުރި ތިޖޫރިއެއް ކަމަށެވެ.

އިއްޔެ މެންދުރު 1:30 އެހައިކަންހާއިރު ހިންގި މި ވައްކަމުގެ ތުހުމަތުގައި ފުލުހުން ރޭ ވަނީ ޢުމުރުން 25 އަހަރުގެ މީހަކު ބަންދު ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.