ވަގަށް ނަގައިފައިވާ އައްޑޫ ބިޒުނަސް ސެންޓަރުގެ ތިޖޫރި ހޯދައިފި

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމެންޓް ސެންޓަރުން ވަގަށް ނަގައިފައިވާ ތިޖޫރި ހޯދައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމަހު 5 ވަނަ ދުވަހު ވަގަށް ނަގައިފައިވާ ތިޖޫރި ފެނިފައިވަނީ ހިތަދޫ ރިޖަނަލް ހޮސްޕިޓަލާ ދިމާ ފުއްޓަރުފަރާތު ވަލުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ތިޖޫރި ފެނިފައިވަނީ ލިބުނު އިންޓަލިޖެންސް މަޢުލޫމާތަކާ ގުޅިގެން އެތަން ބަލައި ފާސްކުރަމުން ދަނިކޮށް ކަށެވެ.

ތިޖޫރި ފެނުނުއިރު އޭގައި އެއްވެސް ފައިސާއެއް ނެތެވެ. ބިޒްނަސް ސެންޓަރުން ވިދާޅުވީ ތިޖޫރި ވަގަށް ނެގިއިރު އޭގައި 51000 އަށްވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށެވެ.

ވައްކަމުގެ މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.