ސަތާރަ ޓޫރިސްޓުންނާއެކު ސަފާރީއެއް ގަލަކަށް އަރައިފި

މ. ނާލާފުށި ފަޅުގައި އަޅާފައިއޮތް ސަފާރީއެއް ނަގިލި ކަހާލައި އެރަށު ފަޅުގައިއޮތް ގަލަކަށް އަރައިފިއެވެ.

މިހާދިސާ ހިނގީ މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުންނެވެ. ސަފާރީ ގަލަށް އެރުމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުމާއެކު އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ސަފާރީ އޮތްތަނަށް ގޮސް ފުން ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސަފާރީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުންވަނީ ސަފާރީގެ ވަށައިގެން ހަން ބައްދައިފައެވެ.  ސަފާރީ ފުންކުރެވިފައިވަނީ ދިޔަވަރު ބޮޑުވުމުން މިއަދު ހެނދުނު 09:40 އެހައިކަންހާއިރުއެވެ.

ބޯޓު ގަލަށް އެރިއިރު އޭގައި 17 ޓޫރިސްޓުންނާއި 13 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ފަޅުވެރީންގެ ތެރޭގައި ތިބީ 8 ދިވެހީންނާއި 5 ބިދޭސީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.