ކާރެއްގެ ދޮރުހުޅުވި ވަގުތު ސައިކަލެއްގައި ޖެހި މީހަކަށް އަނިޔާވެއްޖެ

ކާރުގެ ދޮރުހުޅުވި ވަގުތު ސައިކަލެއްގައި ޖެހި މީހަކަށް އަނިޔާވުން: ފޮޓޯ ޕޮލިސް

މާލޭ ސިޓީ، ޖަނަވަރީ މަގު އެއްފަރާތެއްގައި ޕާކުކޮށްފައިއޮތް ކާރެއްގެ ދޮރުފަތް ހުޅުވި ވަގުތު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ޖެހި އެ ދުއްވަން އިން މީހާއަށް އަނިޔާވެއެވެ.

ފުލުހުން ވިދާޅުވީ އެ ސައިކަލް ދުއްވަންއިނީ ޢުމުރުން 39 އަހަރުގެ ބަނގްލަދޭޝް މީހެއް ކަމަށެވެ. އެ ޙާދިސާގައި އޭނާގެ ކޮނޑު ހުޅަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާ އެއް ވެފައެވެ. އަދި އޭނާގެ ވާތުފައި މަށައިގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ. ޙާލު ސީރިއަސް ނޫން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.

މި ޙާދިސާގައި ކާރު ދުއްވަން އިނީ 38 އަހަރުގެ ދިވެއްސެކެވެ. އެ ދެ މީހުންނަކީ ވެސް ލައިސަންސް އޮންނަ ދެމީހުންނެވެ.

ކާރު ދުއްވި މީހާގެ ލައިސަންސް 48 ގަޑިއިރަށް ފުލުހުން ވަނީ ހިފަހައްޓައިފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.