އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ލ. އަތޮޅު ލިންކް ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކަށް  ގަން ރީޖަލް ހޮސްޕޮޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ވޭނަކާއި ސައިކަލެއް ޖެހިގެންނެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:20 އެހައިކަންހާއިރު ކަމަށެވެ.

"މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ވޭން އަނބުރާލަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ވިދާޅުވިއެވެ. ވޭން ދުއްވަން އިނީ 53 އަހަރުގެ ދިވެހި ފިރިހެނެކެވެ. ސައިކަލް ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިއެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެމީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ފުލުހުން ވިދާޅުވީ އެމީހުންނަށް މިހާރު ގެންދަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ. ސައިކަލާއި ވޭނަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.