މާލެ ތެރޭގައި ހިނގާ އެކްސިޑެންޓްތައް މިދުވަސްވަރު އިތުރު ވެއްޖެ:ފުލުހުން

މާލެތެރޭގައި ހިނގާ އެކްސިޑެންޓްތައް މިދުވަސްވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޓްރެފިކް ޑިޕާޓުމަންޓުގެ ވެރިޔާ ޙުސައިން ސަމީރު ވިދާޅުވީ އެކްސިޑެންޓަތައް މަދު ކުރުމަށް ފުލުހުން ކުރަންޖެހޭ ކަންކަން މިހާރުވެސް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އިތުރު ފުލުހުން މަގުމައްޗަށް ނެރެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ދުވަހަކަށްވުރެ ދުވަހެއް މާލޭގައި އުޅަނދުފަހަރު އިތުރުވަމުންދާތީ އެކްސިޑެންޓްވުން އެއްކޮށް ހުއްޓުވުމަކީ ނާދިރު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެތެރޭގައި ހިނގާ އެކްސިޑެންޓްތައް އިތުރުވިޔަސް ސިނަމާލެ ބުރިޖުގައި ހިނގާ އެކްސިޑެންޓްތައް މިހާރުވަނީ މަދުވެފައި ކަމަށް ސަމީރު ވިދާޅުވިއެވެ. "ބުރިޖުގައި ހިނގާ އެކްސިޑެންޓައް މަދުވީ ހެލްމެޓު އަޅަން ފެށިހިސާބުން. މިހާރު ބޭކަރު ގޮތުގައި ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރާ މީހުން ވަރަށް މަދު ހެލްމެޓު އަޅަންޖެހޭތީ. އެއާ އެކު އެކްސިޑެންޓްތައް އެވަނީ މަދުވެފައި،" ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓައް މަދުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި އެންމެންވެސް ޤަވާޢިދަށް އަމަލު ކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އެގޮތުން ބާރު ސްޕީޑުގައި ނުދުއްވުމާއި ދުއްވާއި ދެ އުޅަންދު ދެމެދުގައި ބަހައްޓަންޖެހޭ ދުރުމިން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.