ނުވަ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި

އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައިކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަންދުކުރި މީހާއަކީ ކުޑަ އަންހެނުންކުއްޖާގެ މަންމައާ ކުރިން ވަރަށްގާތް ގުޅުމެއް އޮތް މީހެއް ކަމަށެވެ.

އެކުއްޖާއަށް ޖިންސީ އަނިޔާކުރަމުންދާ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު ފުލުހުން ވިދާޅުވެފައިވަނީ އެކުއްޖާއާ ބެހެމުން ދިޔައީ ޢުމުރުން 13 އަހަރާއި 16 އަހަރުގެ އޭނާގެ ދެ ބޭބެއިން ކަމަށެވެ.

މިއީ ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އިތުރު އެއްވެސް ތަފްސީލެ ފުލުހުން ނުދެއްވައެވެ. އެ އަންހެން ކުއްޖާ މިހާރުހުރީ ރައްކާތެރީ މާޙައުލެއްގައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. މިމައްސަލަ ބަލަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.